ނައިފަރަށް ދަނިކޮށް އަޑިއަށް ދިޔަ ބޯޓުގެ ތަކެތި އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި

ސަން

16 އޮކްޓޯބަރު 2025 | ބުރާސްފަތި | 6:05

މުދާ ބަރުކޮށްގެން ޅ. ނައިފަރަށް ދަތުރުކުރަނިކޮށް ދިޔަވެ އަޑިއަށް ދިޔަ "ނަސްރު" ބޯޓުގެ ބައެއް ތަކެތި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

މޫސުން ގޯސްވެ، ކަނޑުމަތީގައި މި 24 ގަޑިއިރުތެރޭ ދެ ހާދިސާއެއް ހިނގިއެވެ.

އެމްއެންޑީއެފުން ބުނީ ޅ. އަޅިގާގެ ދެކުނުން 3.3 ނޯޓިކަލް މޭލުން ދިޔަވެ، އަޑިއަށް ދިޔަ "ނަސްރު" ބޯޓުގެ ބައެއް ތަކެތި އޮޔާދާނެ ކަމަށް ލަފާކުރެވެނީ އަޅިގާގެ އިރުމައްޗަށްވާ ގޮތަށް ކަމަށެވެ.

މައުޟޫޢުތަށް