ސައީދުގެ އިތުރު ޝަރީއަތެއް: އައިސްޕްލާންޓް މައްސަލައިގެ ދައުވާއަށް އިންކާރުކޮށްފި
ސަން
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 6:19
ކޮރަޕްޝަންގެ ކުށް ސާބިތުވެ، ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ޚިޔާނާތުގެ އިތުރު މައްސަލައަކަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އޭނާ އިންކާރުކޮށްފިއެވެ.
ސައީދު، ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދަނީ، އެއްވެސް މަސައްކަތެއް ނުކުރަނީސް، ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުން ހަދައި ފައިސާ ދޫކުރި މައްސަލައިގައި ދައުލަތުން އޭނާއާ ދެކޮޅަށް ކުރި ކޮރަޕްޝަންގެ ކުށް ސާބިތުވެގެންނެވެ.
ސައީދުގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާއަކީ، ލ. މާމެންދޫގައި ބެހެއްޓި އައިސްޕްލާންޓެއް ފެނަކައަށް ގަތުމުގައި އުސޫލުތަކާ ޚިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.