ސިނގިރޭޓު ވަގަށް ނެގުން: އިދާރާތައް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަނީ
ސަން
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 10:10
ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ކަމާބެހޭ އެންމެހާ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް އަންނަ އާދީއްތަ ދުވަހު ހޯމްލޭންޑް މިނިސްޓްރީ ހާޒިރުކުރަން ވަނީ ނިންމައިފައެވެ. އެއަށްފަހު ފުލުހުންނާއި ކަސްޓަމްސްގެ އިތުރުން އެމްޕީއެލްގެ އިސް ބޭފުޅުންވެސް ހާޒިރުކޮށް ސުވާލުކުރަން ނިންމާފައިވާކަން ވަނީ އެނގިފައެވެ.
އެ ނިންމުން ކޮމިޓީން ނިންމީ ހޯކްސްގެ އުޅަނދެއްގައި ސިނގިރޭޓު ވަގަށް އެތެރެކުރި މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ސިއްރު ބައްދަލުވުމުގައެވެ.