2026ގައި ރާއްޖޭން ހައްޖަށްދާ 20 ޕަސެންޓަށްވުރެ ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުން: ޝަކީލް

ސަން

17 އޮކްޓޯބަރު 2025 | ހުކުރު | 12:36

އަންނަ އަހަރު ރާއްޖޭން ހައްޖަށްދާ މީހުންގެ ތެރެއިން 20 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުން ކަމަށް، ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް މިރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަކީލް ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުން މިވަގުތު ކުރަނީ އަންނަ އަހަރު ހައްޖަށްދާ މީހުންގެ ޕާސްޕޯޓުގައިވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކަމަށެވެ.

ޝަކީލް ވިދާޅުވީ މީގެ ފަސް އަހަރު ކުރިން ހައްޖުވެފައިތިބި އެއްވެސް ހައްޖާޖީއަކު އަންނަ އަހަރު ހައްޖަށްދާ މީހުންގެ ތެރޭ ނުހިމެނޭނެ ކަމަށެވެ. ހަމަ އެއާއެކު، ހައްޖަށް ގެންދިއުމުގައި އުމުރުން ދުވަސްވީ މީހުންނަށް އިސްކަންދޭން ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް