އެންމެ ބާރުގަދައީ ފަނޑިޔާރުން، އެ ބޭފުޅުންގެ މާލީ ބަޔާން 4 މަހުން ހާމަކުރަން ޖެހޭ: ޔާމީން

ސަން

17 އޮކްޓޯބަރު 2025 | ހުކުރު | 11:09

އެހެން ހުރިހާ އެންމެންނަށް ވުރެ ފަނޑިޔާރުން މާ ބާރުގަދަ ކަމަށާއި އެހެންވެ އެ ބޭފުޅުންގެ މާލީ ބަޔާންތައް ކޮންމެ ހަތަރު މަހަކުން ނުވަތަ ހަ މަހަކުން ހާމަކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ސިލްސިލާ ގޮތެއްގައި އަމިއްލަފުޅު ގެކޮޅުގައި ބާއްވަވާ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި ރޭ ވާހަކަފުޅުދައްކަވަމުން ޔާމީން ވަނީ ފަނޑިޔާރުގެއަށް ވަރަށް ބޮޑަށް ނުރުހުން އަމާޒުކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، ގާނޫނުއަސާސީ އޮތް ގޮތުން އެ ބޭފުޅުން ހައްދަވާ ބޮޑެތި ގޯސްތަކުގެ މައްސަލަ ބެލޭނެ ގޮތެއް ނޯންނަ ކަމަށެވެ.

އެ މަނިކުފާނު އިޝާރާތްކުރެއްވީ ފަނޑިޔާރުން ކުރާ ހުކުމެއްގެ މައްސަލަ ނުބެލޭނެ ކަމަށް ގާނޫނުއަސާސީގައި އޮންނަ މާއްދާއަށެވެ.

މައުޟޫޢުތަށް