މުސްލިމުންނާއި ކާފަރުންގެ ތަފާތަކީ ނަމާދު: ޚުތުބާ
ސަން
17 އޮކްޓޯބަރު 2025 | ހުކުރު | 1:15
މުސްލިމުންނާއި ކާފަރުންގެ ދެމެދުގައިވާ ތަފާތަކީ ނަމާދުކަން މިއަދު ހުކުރު ޚުތުބާގައި އެންމެހައި މުސްލިމުންނަށް ހަނދާންކޮށްދީފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ކިޔާފައިވަނީ ނަމާދަށް ފަރުވާތެރިވުމުގެ މައްޗަށެވެ.
އިސްލާމް ދީން ބާވައިލެއްވުމަށް ފަހު، އަޅުކަމެއްގެ ގޮތުގައި އެންމެ ފުރަތަމަ ފަރުޟުކުރެއްވި އަޅުކަމަކީ ނަމާދެވެ. އެކަން ފާހަގަކޮށް ޚުތުބާގައި ވަނީ ބާލިޣުވެ ބުއްދި ސަލާމަތުން ހުރި އެއްވެސް މުސްލިމަކަށް ނަމާދު ގާއިމުކުރުމަކީ ދޫކޮށްލެވޭނެ ފަރުޟެއް ނޫންކަން ހަނދާން ކޮށްދީފައެވެ.