ފަޚުރުވެރި ކާމިޔާބެއް: ރާއްޖޭގައި ކިޔެވި ފުރަތަމަ 20 ޑޮކްޓަރުން ޚިދުމަތަށް!
ސަން
17 އޮކްޓޯބަރު 2025 | ހުކުރު | 12:48
ދިވެހިރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ދިވެހި ދަރިވަރުންގެ ބެޗު އިންޓާންޝިޕް ފުރިހަމަކުރުމަށް ފަހު، ޚިދުމަތަށް ނުކުންނަން ތައްޔާރުވެފައިވާ ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ބުނެފިއެވެ.
ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންގައި ކިޔެވި ދަރިވަރުންގެ ފުރަތަމަ ބެޗު ދަސްވެނިވީ އޮކްޓޫބަރު 31، 2024 ގައެވެ. އެކަމަކު، އެ ދަރިވަރުންނަށް ޚިދުމަތަށް ނުކުމެވެނީ އެއް އަހަރު ދުވަހުގެ އިންޓާންޝިޕެއް ފުރިހަމަކުރުމަށް ފަހުގައެވެ.
އައިޖީއެމްއެޗުން އިއްޔެ ވަނީ އެ ދަރިވަރުންގެ އިންޓާންޝިޕް ފުރިހަމަކޮށްފައިވާކަން އިއުލާނުކޮށްފައެވެ.