ސިނގިރޭޓު ވައްކަން: ތަހުގީގަށް ހުރަސް އެޅިދާނެތީ 241 ކޮމިޓީ ފަސްކޮށްފި
ސަން
17 އޮކްޓޯބަރު 2025 | ހުކުރު | 1:35
ކަސްޓަމްސްއިން ހިފަހައްްޓައި ޕޯޓްސް ކުންފުނި (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި އަންނަ ހަފުތާގައި ބާއްވަން ނިންމި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީ ފަސްކުރަން މިއަދު ނިންމައިފިއެވެ.
ދެ ކޮންޓެއިނަރުގައި ހުރި ޖުމުލަ 13.6 މިލިއަން ސިނގިރޭޓު ގެއްލުނުކަން ފަޅާއެރީ މިދިޔަ ހަފުތާގައެވެ.
ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ބުދަ ދުވަހު ސިއްރުކޮށްގެން ބޭއްވި ކޮމިޓީގައި ވަނީ އާދިއްތަ ދުވަހު އެ މައްސަލައިގައި ހޯމްލޭންޑް މިނިސްޓްރީ ހާޒިރުކުރަން ނިންމާފައެވެ. އަދި، އެއަށް ފަހު ފުލުހުންނާއި ކަސްޓަމްސްގެ އިތުރުން އެމްޕީއެލްގެ އިސްވެރިން ވެސް ކޮމިޓީއަށް ހާޒިރުކުރަން އޮތީ ނިންމާފައެވެ.