ޓޫ އޮފް އަސްއިން ދެން ނަސޫހު ނުފެންނާނެ

ސަން

17 އޮކްޓޯބަރު 2025 | ހުކުރު | 1:52

ދިވެހި ބޭންޑު، ޓޫ އޮފް އަސްއިން މުޙައްމަދު ނަސޫހު ވަކިވެފައިވާ ކަމަށް އެ ބޭންޑުން މިއަދު ބުނެފިއެވެ.

މެލޭޝިއާގައި ޓޫ އޮފް އަސްއިން ކޮންސެޓެއް ބާއްވަން ތައްޔާރުވަމުން އަންނައިރު، ނަސޫހު މީގެ ފަހުން އެ ބޭންޑުގައި ހުށަނާޅާނެ ކަމަށް ޓޫއޮފް އަސްއިން ވަނީ ބުނެފައެވެ. އެ ގޮތަށް ނިންމާފައިވަނީ، ބޭންޑާއި ނަސޫހާ މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް ބަޔާނުގައިވެއެވެ.

ރާއްޖޭގައި މި ވަގުތު އެންމެ މަގުބޫލު ވޯކަލިސްޓުންގެ ތެރޭގައި ހިމެނޭ ނަސޫހު ވަނީ ވަކިން ހުށަހެޅުންތައް ހުށަހަޅަން ނިންމާފައެވެ. އެގޮތުން، އޭނާ ވަނީ ކައިވެނީގެ ހުށަހަޅުންތަކާއި އަމިއްލަ ޕްރޮޖެކްޓުތަކުގައި ރާއްޖޭގައި ލަވަތައް ހުށަހަޅަން ނިންމާފައި ކަމަށް ޓޫ އޮފް އަސްއިން ބުންޏެވެ.

މައުޟޫޢުތަށް