ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރު ފެއިލްވެފައިވާކަމުގެ ރަމްޒެއް: މަލީހް

ސަން

17 އޮކްޓޯބަރު 2025 | ހުކުރު | 3:34

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)އަކީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތު ފެއިލްވެފައިވާކަމުގެ ރަމްޒެއް އަދި ބިނާއެއް ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ރޭ ވިދާޅުވެއްޖެއެވެ.

އެތައް މިލިއަނެއް ޚަރަދުކޮށްގެން ޑީބީއެމް ރަސްމީކޮށް އިފުތިތާހުކުރިތާ އަހަރެއްވާއިރު ވެސް މަސައްކަތް ފެށިފައެއް ނުވެއެވެ.

އެ ކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަލީހް ވިދާޅުވީ، ޑީބީއެމުން ދައްކުވައިދެނީ ސަރުކާރުގެ ޒިންމާދާރުކަން ކުޑަކަމާއި ވިސްނުމެއް ނެތްކަން ކަމަށެވެ. ކަންކަން ކުރުމުގެ ފަންނިއްޔާތާއި ގާބިލުކަން ވެސް ނެތް މަންޒަރު އެ ކަމުން ފެންނަ ކަމަށް ވިދާޅުވެ، އޭނާ ނުރުހުން ފާޅުކުރެއްވިއެވެ.

މައުޟޫޢުތަށް