މަޝްރޫއުތައް ހުއްޓަން ވެއްޖެ، ދެން އަންނަ ރައީސަކު ވައުދުވާންވީ "މަޑުޖެހިލަން": ނަޝީދު
ސަން
17 އޮކްޓޯބަރު 2025 | ހުކުރު | 6:04
މަޝްރޫއުތައް ހުއްޓާލަން ވެއްޖެ ކަމަށާއި ދެން އަންނަ ރައީސްކަމަށް ކެމްޕެއިން ކުރައްވާ ބޭފުޅަކު ވައުދުވެވަޑައިގަންނަވަންވީ "މަޑުޖެހިލަން" ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ތަރައްގީއާއި، މާލީ ކަންކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި މިފަހުން ގިނަ ޚިޔާލުތަކެއް ލިޔުއްވަމުން ގެންދަވާ ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ތަރައްގީގެ ނަމުގައި ހިންގާ އުމްރާނީ މަސައްކަތްތައް ހަތަރު ފަސް އަހަރަށް ހުއްޓާލުން މުހިންމު ކަމަށް ވިދާޅުވެފައެވެ.
އެގޮތުން، ކުރިއަށް އޮތް އިންތިޚާބުތަކުގެ ޝިއާރަކަށް ވާންވީ، "އިހަށް މަޑުކޮށްލާ" ކަމަށާއި ދެން ވެރިކަމަށް އިންތިޚާބުވާ ރައީސަކު ވައުދުވާންވީ މަޝްރޫއުތައް ހިންގުމުގައި "މަޑުޖެހިލަން" ކަމަށް ނަޝީދު ވިދާޅުވިއެވެ.