މަސްވެރިކަމަށް ޒުވާނުން ނެރުމަށް، އެލަވަންސް ލިބޭ ޚާއްސަ ތަމްރީން ޕްރޮގްރާމެއް ފަށަނީ

ސަން

18 އޮކްޓޯބަރު 2025 | ހޮނިހިރު | 1:04

ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޚާއްސަ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ގެޒެޓްގައި ކުރި އިއުލާނެއްގައި ވަނީ މި ޕްރޮގްރާމަކީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް، ކަމާގުޅޭ ތަމްރީނާއި ހުނަރު ދަސްކޮށްދިނުމުގެ ގޮތުން ފަށާ ޕްރޮގްރާމެއް ކަމަށެވެ. ފިޝަރީޒް މިނިސްްޓްރީން މައުލޫމާތުދިން ގޮތުގައި މި ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ މަސްވެރިކަމަށް އަލަށް ނިކުންނަން ބޭނުންވާ ފަސް ޒުވާނަކަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ވޯލްޑު ބޭންކުގެ އެހީގައި ކުރިއަށްގެންދާ "ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މައުޟޫޢުތަށް