ހުޅުމާލޭގައި ފުލެޓެއްގައި ރޯވެ، ކޮޓަރިއެއް ބޭނުންނުކުރެވޭ ވަރަށް އަނދައިފި

ސަން

18 އޮކްޓޯބަރު 2025 | ހޮނިހިރު | 1:39

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓެއްގައި މިއަދު ރޯވެ، ކޮޓަރިއެއް ބޭނުންނުކުރެވޭ ވަރަށް އަނދައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހެނދުނު ރޯވެފައިވަނީ ލޮޓް 10066 އެޕާޓްމެންޓެއްގައި ކަމަށާއި އެ ހާދިސާގެ މައުލޫމާތު ލިބުނީ 08:49 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓު ލިބުމާއެކު ފަޔާފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ. އެގޮތުން ފަޔާފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ 09:25 ހާއިރު ކަމަށް ބުންޏެވެ.

މައުޟޫޢުތަށް