ގުދުރަތީ ތަންތަނަށް ނަންދިނުމަށް، ހޯމް މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީ ހިމެނޭ ކޮމިޓީއެއް
ސަން
18 އޮކްޓޯބަރު 2025 | ހޮނިހިރު | 3:04
ގުދުރަތީ ތަންތަނަށް ނަންދިނުމަށް, ޖިއޮގްރަފިކް ނަންތަކާ ބެހޭ ކޮމިޓީ ނަމުގައި ޚާއްސަ ކޮމިޓީއެއް އުފައްދަން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި އިއުލާނެއްގައި ވަނީ ގުދުރަތީ ތަންތަނަށް ނަންކިޔުމުގެ އުސޫލެއް އާންމުކޮށްފައެވެ.
އެ އުސޫލުގެ ދަށުން ނަން ކިޔުމާއި ނަން ބަދަލުކުރުމަށް ހަމަޖެހިފައިވަނީ، ރަށްރަށާއި ބިންބިމާއި ފަޅުފަޅާއި ފަރުފަރާއި ހާހަލާއި ގިރިގިރިއާއި މި ނޫން ވެސް ގުދުރަތީ އެފަދަ ތަންތަނާއި އުފައްދާފައިވާ ތަންނާއި ސަރަހައްދުތަކަށެވެ.