ބުނި މުއްދަތުގައި އަމީނީމަގުގެ ތާރުގަނޑުގައި ހުރި 'މުލިހިތައް' ނުނެގުނު
ސަން
18 އޮކްޓޯބަރު 2025 | ހޮނިހިރު | 6:51
އަމީނީމަގުގައި އެންމެ ފަހުން ތާރު އެޅި ސަރަހައްދުގައި ހިއްލިފައި ހުރި ތަންގަނޑުގަނޑު ނަގައި ނިންމައި މަގު ހަދާނެ ކަމަށް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ބުނި ނަމަވެސް، އެ ކަން ނުނިމި، އެ ކަން ނިންމޭނެ ކަމަށް ބުނި މުއްދަތު ފަހަނައަޅައި ހިނގައްޖެއެވެ.
އަމީނީމަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަކަށް އެ މަގު ތަރައްގީކުރަން ފެށީ މިދިޔަ އެމްޑީޕީ ސަރުކާރުގައެވެ. މި ސަރުކާރު ހަވާލުވިއިރު ނުނިމި އޮތީ ފުޑް ކޯޓުން ފެށިގެން އިރުމައްޗަށް، ދިރާގު މައި އޮފީހާ ދިމާލަށްވާ ގޮތަށް އޮތް ސަރަހައްދެވެ.
މި ސަރުކާރުން ނިންމި އަމީނީމަގުގެ ސަރަހައްދުގެ ތެރެއިން އެންމެ ބޮޑަށް މި މައްސަލަ ކުރިމަތިވެފައިވަނީ ދިވެހިރާއްޖޭގެ އަޑާއި ވިޔަފާރިވެރިންގެ މިސްކިތް ހުންނަ ސަރަހައްދުގައެވެ. އެ ސަރަހައްދުގެ އެކި ހިސާބުތަކުގެ ތާރު ވަނީ 'މުލިހިތަކެއް'ހެން އުފުލި، ހަލާކުވެފައެވެ.