ސިޔާސީ ކަންކަމުގައި މަޝްވަރާކުރުމާ ބެހޭ ފަހުމުނާމާއެއްގައި މިސްރާއެކު ސޮއިކޮށްފި
ސަން
18 އޮކްޓޯބަރު 2025 | ހޮނިހިރު | 8:01
ސިޔާސީ ކަންކަމުގައި މަޝްވަރާކުރުމާ ބެހޭ ފަހުމުނާމާއެއްގައި ރާއްޖެއާއި މިސްރުން މިއަދު ސޮއިކޮށްފިއެވެ.
މިސްރުގެ ފޮރިން މިނިސްޓްރީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލެވެ. އަދި މިސްރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ބަދްރު ޢަބްދެލަތީއެވެ.
މި އެއްބަސްވުމާ ބެހޭ މާ ބޮޑު ތަފްސީލެއް ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެއެވެ.