36 ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅާނެ ބަޔަކު ފުލުހުން ހޯދަނީ

ސަން

18 އޮކްޓޯބަރު 2025 | ހޮނިހިރު | 8:25

އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަން އަޅަން ބިންގާ އަޅައި، މަޝްރޫއުތައް ފަށަމުން އަންނައިރު، 36 ރަށެއްގައި ޕޮލިސް ސްޓޭޝަން އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

ފުލުހުން ކުރި އިއުލާނެއްގައި ބުނީ އެ ޚިދުމަތުން ދޭ މަޢުލޫމާތާ އެއްގޮތަށް 36 ރަށެއްގައި ފުލުހުންގެ އިމާރާތްތައް ޤާއިމުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޓަކައި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަމުން އަންނަ ކަމަށެވެ.

އެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވާން ފުލުހުން ވަނީ އެދިފައެވެ. ފުލުހުން ބުނީ ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 12:00 ކަމަށެވެ.

މައުޟޫޢުތަށް