ކޮޅުވެއްޓި ބަންޑުންޖެހުން: ގެއްލުނު ތިންވަނަ މީހާގެ ހަށިގަނޑު އޮޔާދަނިކޮށް ހޯދައިފި

ސަން

19 އޮކްޓޯބަރު 2025 | އާދިއްތަ | 9:31

މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަނިކޮށް މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔަ ތިންވަނަ މީހާގެ ހަށިގަނޑު އޮޔާދަނިކޮށް ހޯދައިފިއެވެ.

ޖުމުލަ ހަތް މީހުންނާ އެކު، ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި "އަލްމާކް ފިޔަ" ކިޔާ ކޮޅުވެއްޓިއެކެވެ. އެއިން ދަތުރުކުރި ހަތަރު މީހުން ވަނީ ފުރަތަމަ ސަލާމަތްކޮށްފައެވެ. ތިން މީހުން ގެއްލުނުއިރު، އޭގެ ތެރެއިން ދެ މީހުން ފެނުނީ މަރުވެފައި އޮއްވައި ކަނޑު އަޑިންނެވެ.

އެއީ، ގއ. ދާންދޫ، ސަރުސޫނުގެ، 38 އަހަރުގެ އަހުމަދު ޝިފާނާއި އިންޑިއާއަށް ނިސްބަތްވާ ބިދޭސީއެކެވެ.

މައުޟޫޢުތަށް