ފުރަތަމަ ފަހަރަށް ލިވަޕޫލް މެޗެއްގައި ވިޒިޓް މޯލްޑިވްސްގެ ބްރޭންޑިން 10 ބަހަކުން ދައްކާލަނީ
ސަން
19 އޮކްޓޯބަރު 2025 | އާދިއްތަ | 2:52
މިއަދު އެންފީލްޑް ސްޓޭޑިއަމްގައި ލިވަޕޫލް އެފްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރާ މެޗުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ދިވެހިރާއްޖޭގެ ބްރޭންޑިން ދައްކާލުމަށް ތައްޔާރުވެއްޖެއެވެ.
މި މެޗު އޮންނާނީ ރާއްޖޭގެ ގަޑިން މިރޭ 20:30ގަ އެވެ.
ލިވަޕޫލް ފުޓްބޯޅަ ކުލަބާއެކު ގާއިމުކޮށްފައިވާ ޑެސްޓިނޭޝަން ޕާޓްނާޝިޕްގެ ދަށުން, ވިޒިޓް މޯލްޑިވްސްގެ ބްރޭންޑިން އެންފީލްޑްގެ އެލްއީޑީ ބޯޑުތަކާއި ޑިޖިޓަލް ސްކްރީންތަކުގައި 10 ބަހަކުން ދައްކާލުމަށް ނިންމާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެފައިވެއެވެ.