ނޫސްވެރިކަމާއި ބްރޯޑްކާސްޓިންގެ ހަމަތަކަށް އެންމެ ބޮޑަށް ތަބާވަނީ ޕީއެސްއެމުން: ސަފާ
ސަން
19 އޮކްޓޯބަރު 2025 | އާދިއްތަ | 4:48
ރާއްޖޭގައި މީޑިއާއަކަށް ބަލަންޏާ ހަމަތަކާއި އުސޫލުތަކަށް އެންމެ ބޮޑަށް ތަބާވަނީ، ދައުލަތުގެ މީޑިއާ ޕީއެސްއެމުން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސަފާ ޝަފީގު މިއަދު ސިފަކުރައްވައިފިއެވެ.
މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން ބްރޯޑްކާސްޓް މީޑިއާއާއި ނޫސްތައް އެއްކޮށްލައިގެން އުފައްދާ އާ ކޮމިޝަނަށް ކުރިމަތިލުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންނާ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ވަނީ ސުވާލުކޮށްފައެވެ. އޭގެ ތެރެއިން ތިންވަނަ އަށް ސުވާލުކުރީ ސަފާ އާ އެވެ.
އަމިއްލައަށް ތައާރަފްވުމަށް ކޮމިޓީން ދިން ފުރުސަތުގައި ވާހަކަ ދައްކަވަމުން، 2006އިން ފެށިގެން ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރައްވާ ސަފާ ވިދާޅުވީ، ދިވެހިރާއްޖޭގައި ހިންގަމުން އަންނަ މީޑިއާތަކުގެ ތެރެއިން އެންމެ ބޮޑަށް ހަމަތަކުގައި ހިފަހައްޓަނީ ޕީއެސްއެމް ކަމަށެވެ.