ކުރިއަށް އަދިވެސް އޮތީ ވިއްސާރަ، އަލިވާން ފަށާނީ ހުކުރުގެ ފަހުން

ސަން

19 އޮކްޓޯބަރު 2025 | އާދިއްތަ | 7:45

މި ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި, އަލިވާން ފަށާނީ އަންނަ ހުކުރު ދުވަހުގެ ފަހުން ކަމަށް ބެެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން މިއަދު ބުނެފިއެވެ.

މިދިޔަ ހަފުތާއިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަކުރަމުންނެވެ.

މެޓުން 'ސަން'އަށް ބުނީ، މި ހަފުތާގައި އަދިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. ބައެއް ސަރަހައްދުތަކަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް، އެ އިދާރާއިން ބުނީ، މުޅި ރާއްޖެއަށް އެވަރެޖުކޮށް ވައި ޖެހޭނީ 10 މޭލާއި 20 މޭލު ބާރުމިނުގައި ކަމަށެވެ.

މައުޟޫޢުތަށް