މަތީ ތައުލީމުގެ ލޯނުތަކަށް 2022ގެ ނިޔަލަށް 191 މިލިއަން ނުލިބޭ، ހޯދަން މަސައްކަތެއް ނުކުރޭ: އޮޑިޓް
ސަން
19 އޮކްޓޯބަރު 2025 | އާދިއްތަ | 11:44
މަތީ ތައުލީމުގެ ލޯނުތަކަށް 2022ގެ ނިޔަލަށް 191 މިލިއަން ނުލިބި ހުރި ކަމަށާއި އެ ފައިސާ ހޯދަން މާލިއްޔަތު ގަވައިދާ އެއްގޮތަށް މަސައްކަތެއް ނުކުރާ ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.
އޮޑިޓު އޮފީހުން މިއަދު ވަނީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ 2022 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓު އާންމުކޮށްފައެވެ.
އެ ރިޕޯޓުގައި ވަނީ، މަތީ ތައުލީމު ފޯރުކޮށްދިނުމުގެ މަގުސަދުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން 2022ގެ ނިޔަލަށް ޖުމުލަ 3.1 ބިލިއަން ރުފިޔާގެ ލޯނު ދަރިވަރުންނަށް ދޫކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 2.99 ބިލިއަން ރުފިޔާގެ ލޯނުތައް ބަލަހައްޓަނީ މޯލްޑިވްސް އިންލެންޑު ރެވެނިއު އޮޓޯރިޓީ (މީރާ)އާއި ބޭންކް އޮފް ސިލޯނުންނެވެ. އެއީ، ފިނޭންސް މިނިސްޓްރީއާ އެ އިދާރާތަކާ ދެމެދު ވެފައިވާ ފަހުމުނާމާއެއްގެ ދަށުންނެވެ.