އަވަސް އަރުވައިގެން ވޯޓެއް ނެގުމުގެ ބަދަލުގައި، އައްޑޫގެ ތަކުލީފުތައް ގާނޫނުން ހައްލުކުރެވެން އެބައޮތް: ފައްޔާޒު

ސަން

19 އޮކްޓޯބަރު 2025 | އާދިއްތަ | 9:32

އައްޑޫ ސިޓީގެ ތިން ރަށެއްގައި ވަކި ކައުންސިލްތައް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓެއް، އަވަސް އަރުވާލައިގެން ބޭއްވުމުގެ ބަދަލުގައި، އެ ސިޓީގެ މައްސަލަތަކަށް ގާނޫނުން ހައްލު ހޯދެން އޮތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ ކައުންސިލް އޮންނާނެ ގޮތަކާ މެދު އެ ސިޓީގެ ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަން، ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހުގެ 17ގައެވެ.

އެ ވޯޓު އޮންނާނީ މި މަހުގެ 25ގައިކަން އީސީން އިއުލާން ކުރީ މި މަހުގެ އަށް ވަނަ ދުވަހެވެ. އެގޮތުން ފޭދުއާއި ހުޅުދުއާއި މީދޫގެ ރައްޔިތުންގެ ޚިޔާލަށް އަހާނީ، އެ ތިން ރަށުގައި ވަކި ކައުންސިލެއް ހޮވުމަށް ފެންނަތޯއެވެ.

މައުޟޫޢުތަށް