އޯލެވެލް ނިމޭ ދަރިވަރުންނަށް ރާއްޖެއިން ބޭރުގައި ކިޔެވުމަށް ޔޫޑަބްލިޔުސީއިން ސްކޮލާޝިޕްގެ ފުރުސަތަށް ހުޅުވާލައިފި

ސަން

20 އޮކްޓޯބަރު 2025 | ހޯމަ | 12:12

އޯލެވެލް ފެންވަރުގެ ކިޔެވުން ނިންމާ ދިވެހި ކުދިންނަށް މަތީ ސާނަވީ ތަޢުލީމު ހާސިލްކުރުމަށް ޔޫޑަބްލިއުސީ މޯލްޑިވްސް އިން ދޭ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ޔޫޑަބްލިއުސީ މޯލްޑިވްސް އިން ބުނީ މިއީ ގްރޭޑް 10 ނިންމާ, ނުވަތަ ނިންމުމުގެ މަރުހަލާގައިވާ އުމުރުން 15 އާއި 17 އަހަރުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ހިންގާ ސްކޮލާޝިޕް ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން ހޮވޭ ދަރިވަރުންނަށް ދުނިޔޭގައި ނަންހިނގާ ބައިނަލްއަގްވާމީ ސްކޫލްތައް ކަމަށްވާ ޔުނައިޓެޑް ވާލްޑް ކޮލެޖް ނުވަތަ ޔޫޑަބްލިއުސީގައި ކިޔެވުމަށް މާލީ އެހީ ދެވޭނެ ކަމަށް ޔޫޑަބްލިއުސީ އިން މައުލޫމާތުދީފައިވެއެވެ.

ޔޫޑަބްލިއުސީ މޯލްޑިވްސްގެ ސިލެކްޝަންސް ކޯޑިނޭޓަރު ސުހާ އަހްމަދު ވިދާޅުވީ މިއީ ދިވެހި ދަރިވަރުންނަށް އޮތް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

މައުޟޫޢުތަށް