މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުން ލިބިގެން 14 ރަށަކުން ރިޕޯޓުކޮށްފި
ސަން
20 އޮކްޓޯބަރު 2025 | ހޯމަ | 12:03
މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުން ލިބުނު 14 ރަށަކުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް (އެންޑީއެމްއޭ) ރިޕޯޓުކޮށްފިއެވެ.
އެންޑީއެމްއޭ އިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެކި ވަރުގެ ގެއްލުން ލިބިގެން އެންޑީއެމްއޭއަށް ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ. އެ އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވާ ރަށްތަކަކީ:
1. ގދ. މަޑަވެލި2. ގދ. ހޯނޑެއްދޫ3. ގދ. ނަޑެއްލާ4. ގދ. ރަތަފަންދޫ5. ގދ. ފަރެސްމާތޮޑާ6. ގއ. މާމެންދޫ7. ލ. މާވައް8. ހދ. ނޮޅިވަރަންފަރު9. ކުޅުދުއްފުށި ސިޓީ10. ސ. މަރަދޫ11. ރ. ފައިނު12. މ. ދިއްގަރު13. މ. މަޑުއްވަރީ14. ފުވައްމުލައް ސިޓީ