ތާރީޚީ މައުލޫމާތު އެއްކުރުމަށް އުމުރުން ދުވަސްވީ މީހުންގެ އިންޓަވިއު ނަގަން ފަށަނީ
ސަން
20 އޮކްޓޯބަރު 2025 | ހޯމަ | 12:50
ރާއްޖޭގެ ތާރީޚީ މައުލޫމާތު އެއްކުރުމަށް ޓަކައި އުމުރުން ދުވަސްވީ މީހުންނާ އިންޓަވިއުކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފްގެ ސުވާލަށް ޖަވާބުދެއްވަމުން ނަސީރު ވިދާޅުވީ، ރަށްރަށުގައި ތިބި އުމުރުން ދުވަސްވީ މީހުންނާ އިންޓަވިއުކޮށް މައުލޫމާތު އެއްކުރުމާ ގުޅޭގޮތުން 70 އަށްވުރެ ގިނަ ކައުންސިލަށް މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ދިވެހީންގެ ތާރީޚު ރައްކާކުރުމަށް ޓަކައި 50 އަހަރުންމަތީ، ނުވަތަ 60 އަހަރުންމަތީ މީހުންނާ އިންޓަވިއުކޮށް މައުލޫމާތު އެއްކުރުން މުހިންމު ކަމަށެވެ.