އިމްރާން، ރައީސް މުއިއްޒަށް: ގާނޫނީ އިމުން ބޭރުވާނަމަ ގެކޮޅަށް ވަޑައިގަންނަވާ
ސަން
20 އޮކްޓޯބަރު 2025 | ހޯމަ | 12:36
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވެރިއަކު ހުރަސްކުރައްވައިގެން ނުވާނެ އެތައް ރަތްރޮނގުތަކެއް ހުރަސްކުރައްވާފައި ކަމަށާއި ގާނޫނީ އިމުގެ ތެރެއަށް އެނބުރި ވަޑައިނުގެންފި ނަމަ އެ މަނިކުފާނު ޖެހިވަޑައިގަންނަވާނީ ގެކޮޅަށް ވަޑައިގަންނަވަން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީން ވަނީ ގާނޫނީ އިމުގެ ތެރެއަށް ސަރުކާރު ވައްދަން ކަމަށް ބުނެ، ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަށް ގުޅިގެން މަސައްކަތްކުރަން ގޮވާލާފައެވެ.
އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމްރާން ވިދާޅުވީ، މި ސަރުކާރުން ދައުލަތް ހިންގުމުގެ މުޅި ނިޒާމު ޚަރާބުކޮށް އޮޅުން ބޮޅުން ކޮށްލައިފި ކަމަށެވެ. އެކަން ފެށުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެ މެންބަރުން ތަޅުއެޅުވޭ ގޮތަށް ފާސްކުރި ގާނޫނާ ހަމައިން ކަމަށް އޭނާ ވިދާޅުވިއެވެ.