އާސަންދައާއި އެންސްޕާ މިނިވަން ކުރަންޖެހޭ، ހަމަހަމަކަމާ އެކު ފަރުވާ ހޯދޭނީ އޭރުން: ޣަފޫރު

ސަން

20 އޮކްޓޯބަރު 2025 | ހޯމަ | 1:55

އާސަންދައާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މިނިވަން ތަންތަނަށް ހަދަން ފެންނަ ކަމަށާއި، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ފަރުވާގެ ޚިދުމަތްތައް ދެވޭނީ އޭރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް އަވަހަށް ޕެންޝަން ފައިސާ ލިބޭ ގޮތް ހަދަން ގޮވާލައްވައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން އަބްދުލްޣަފޫރު ވިދާޅުވީ، ރިޓަޔަމަންޓް ފަންޑާ މެދު ވިސްނާލަންޖެހޭ ކަމަށާއި، ރާއްޖޭގައި ރިޓަޔަމަންޓް ފަންޑެއް ހަދާފައި އޮތީ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލުން، ރިޓަޔާކުރާ މީހުން ޝަރަފުވެރި ދިރިއުޅުމެއް އުޅެވޭނެ މަގުފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

ރާއްޖޭގައި މިހާރު ވެސް އާސަންދައާއި އެންސްޕާ އޮންނަކަން ފާހަގަކުރައްވައި އަބްދުލްޣަފޫރު ވިދާޅުވީ، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދޭން ނިޒާމެއް ގެންނަންވީ އާސަންދައާއި އެންސްޕާގެ ތެރެއިން ކަމަށެވެ.

މައުޟޫޢުތަށް