2.5ބިލިއަން ރުފިޔާ ޗާޕުކޮށް، ޕެންޝަން ފަންޑުން ނެގުމަކީ ޣައިރު ގާނޫނީ، ނުރައްކާތެރިކަމެއް: އެމްޑީޕީ

ސަން

20 އޮކްޓޯބަރު 2025 | ހޯމަ | 1:33

މަރުކަޒީ ބޭންކު، އެމްއެމްއޭއިން 2.5 ބިލިއަން ރުފިޔާ ޗާޕުކުރުމަށްފަހު ޕެންޝަން ފަންޑު މެދުވެރިކޮށްގެން ސަރުކާރަށް އެ ފައިސާ ނެގުމަށް މަސައްކަތްކުރުމަކީ، އަލަށްކުރާ ނުރައްކާތެރި ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.

ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކަން މިދިޔަ ހަފުތާގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ ފާސްކޮށްފައެވެ.

އެ މުއާމަލާތާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެސް ހިމެނިވަޑައިގަންނަވައެވެ.

މައުޟޫޢުތަށް