މެންބަރުން ހަމަނުވެގެން، މީޑިއާ ކޮމިޝަންގެ މެންބަރުންނަށް ރުހުންދިނުމާ މެދު ވޯޓަށް ނޭހުނު

ސަން

20 އޮކްޓޯބަރު 2025 | ހޯމަ | 3:18

ވޯޓު ނެގުމަށް ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރަން ތަޅުމަށް ފޮނުވި ނަންތަކަށް ވޯޓަށް ނާހައި, ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

އިއްޔެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފައްދާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ނަންތައް ހުށަހެޅި ފަރާތްތަކާ އިންޓަވިއުކޮށް، އެ ކޮމިޝަނަށް އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށް ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު މުހައްމަދު ފަރުސަތާއި އުވާލާފައިވާ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސަފާ ޝަފީގުގެ އިތުރުން، އެ ކޮމިޝަންގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތުގެ ނަން ތަޅުމަށް ފޮނުވައިފައެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ކޮމިޓީން ނިންމި ނިންމުމަށް ބަހުސްކޮށް ވޯޓަށް އެހުމެވެ.

މައުޟޫޢުތަށް