ބަނގުރާ ގެންގުޅުމުގެ ތުހުމަތުގައި ނޭޕާލް 3 އަންހެނަކު ހިމެނޭހެން 7 ބިދޭސީން ހައްޔަރުކޮށްފި

ސަން

20 އޮކްޓޯބަރު 2025 | ހޯމަ | 3:56

ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ނޭޕާލްގެ ތިން އަންހެނަކު ހިމެނޭހެން ހަތް ބިދޭސިއަކު މާލޭން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި ހަތް މީހުން ހައްޔަރުކުރީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމެންޓް ޔުނިޓުން މިދިޔަ ބުރާސްފަތި ދުވަހާއި އިއްޔެ ހިންގި އޮޕަރޭޝަންތަކެއްގައި ކަމަށެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު 24 އަހަރުގެ ނޭޕާލް ފިރިހެނަކާއި އެ ގައުމުގެ 31 އަހަރުގެ އަންހެނަކާއި 37 އަހަރުގެ އަންހެނަކާއި 39 އަހަރުގެ އަންހެނަކު ހައްޔަރުކުރިއެވެ. އަދި, އިއްޔެ ބަންގްލަދޭޝްގެ 32 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ ފިރިހެނެއް ހައްޔަރުކުރިއެވެ.

މައުޟޫޢުތަށް