ޝަރުތު ހަމަނުވާ ބަޔަކަށް ފުލެޓް ދިންކަމަށް ކުރާ ދައުވާއަށް އަކްރަމް އިންކާރުކުރައްވައިފި

ސަން

20 އޮކްޓޯބަރު 2025 | ހޯމަ | 6:09

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކަމަށްވާ ގެދޮރުވެރިޔާއާއި ބިންވެރިޔާ ސްކީމްގެ ދަށުން، ޝަރުތު ހަމަ ނުވާ ބަޔަކަށް ފުލެޓާއި ގޯތި ދިން ކަމަށް ކުރާ ދައުވާތަކަށް، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ކްރިމިނަލް ކޯޓުގައި އިންކާރު ކުރައްވައިފިއެވެ.

ގެދޮރުވެރިޔާއާއި ބިންވެރިޔާ ސްކީމުން ނުހައްގުން ގޯއްޗާއި ފުލެޓު ދިން ކަމަށް ތުހުމަތުކުރާ މައްސަލައިގައި، މިދިޔަ ސަރުކާރުގައި ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާމަންކަން ކުރެއްވި އަކްރަމްގެ އިތުރުން، ހައުސިން މިނިސްޓްރީގެ އެހެން ބައެއް އިސްވެރިންގެ މައްޗަށް ވެސް ދައުވާ ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ:

އެ އެންމެންގެ މައްޗަށް ވެސް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

މައުޟޫޢުތަށް