ހަތަރު ސިޓީއާއި ވިލިނގިލީގައި ވަގުފު އިމާރާތްތަކަށް 68 މިލިއަން އިންވެސްޓްކުރަނީ
ސަން
20 އޮކްޓޯބަރު 2025 | ހޯމަ | 7:31
ފަސް ރަށެއްގައި ވަގުފު އިމާރާތްތައް އަޅަން އިންވެސްޓުކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ވަގުފު އިމާރާތުގެ ތްރީޑީ ކުރެހުންތަކާއެކު، ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ޝަހީމް ވިދާޅުވީ، އިސްލާމީ ޚިދުމަތަށް ބޭނުންވާ ފުރިހަމަ މާލީ ނިޒާމެއް ގާއިމުކުރުމަށްޓަކައި އިސްލާމީ ޙަޟާރަތުގައި މުހިންމު ދައުރެއް އަދާކުރި ވަގުފު ނިޒާމު ފުޅާކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރެއްވި ސިޔާސަތުގެ ދަށުން ފަސް ރަށެއްގައި ވަގުފު މަޝްރޫއު ކުރިއަށްގެންދާނެ ކަމަށެވެ.
އެ ރަށްތަކަކީ، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި ތިނަދޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގެ އިތުރަށް ގއ. ވިލިނގިއްޔެވެ. އެ ރަށްތަކުގައި ވަގުފު އިމާރާތްތައް އެޅުމަށް އިންވެސްޓުކުރާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.