70 ކިލޯ ޑްރަގު މައްސަލަ: އިސްކޮށްހުރުމުގެ ތުހުމަތުވި މީހާ ޑުރަގުގެ މައްސަލައެއްގައި އަލުން ބަންދަށް

ސަން

20 އޮކްޓޯބަރު 2025 | ހޯމަ | 9:27

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރެވިފައިވާ މީހަކު، ފުލުހުން އަމަލުކުރި އިޖުރާއަތުތައް ގޯސް ކަމަށް ބުނެ ދޫކޮށްލުމުން ފުރައިގެން ލަންކާއަށް ދިޔަ ނަމަވެސް، ލަންކާއަށް އެތެރެވިޔަ ނުދީ ފޮނުވާލުމުން ރާއްޖޭން ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ކުރިން ތުހުމަތު ކުރެވިފައިވަނިކޮށް ދޫކޮށްލާފައިވަނީ ސ. ހިތަދޫ ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދެވެ.

ރެކޯޑްތަކުން ދައްކާ ގޮތުން، އޭނާއަކީ، 2019 ވަނަ އަހަރު، އިރާން ބޯޓެއްގައި ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށް ދައުލަތުން ދައުވާ ކުރި މީހެކެވެ.

މައުޟޫޢުތަށް