މި ސަރުކާރުން ކުރަނީ މިހާތަނަށް ރާއްޖޭން ދެކޭނެ އެންމެ ކާމިޔާބު ވެރިކަން: އަބްދުއްރަހީމް

ސަން

20 އޮކްޓޯބަރު 2025 | ހޯމަ | 11:08

މި ސަރުކާރުން ކުރަނީ މިހާތަނަށް ރާއްޖޭން ދެކޭނެ އެންމެ ކާމިޔާބު ވެރިކަން ކަމަށް، މި ސަރުކާރު ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުالله މިރޭ ވިދާޅުވެއްޖެއެވެ.

އަބްދުއްރަޙީމް އެހެން ވިދާޅުވީ، އެ މަނިކުފާނުގެ ދާއިރާ ކަމަށްވާ ލ. ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތް ޖަލްސާގައެވެ.

އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރަށް ކާމިޔާބީ ހޯދޭނީ ހުރިހާ ރައްޔިތުން ރައީސްގެ ސިޔާސަތާ އެއްގޮތަށް، އެމަނިކުފާނާ އެކީ ސާބިތުވެ ތިބެގެން ކަމަށެވެ. އެގޮތުން، ރައްޔިތުންގެ ފަރާތުން ފެށިގެން އަންނަ ވެރިކަން ކާމިޔާބު ކަމާއެކީ ބޭނުންވާ މަންޒިލަށް ގެންދެވޭނީ ރައްޔިތުން ގެންދިޔައިމަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މައުޟޫޢުތަށް