ލ. އަތޮޅު ތިން ރަށަކާއި އައްޑޫ މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުން އަންނަ އަހަރު ފަށަނީ
ސަން
21 އޮކްޓޯބަރު 2025 | އަންގާރަ | 12:48
ލ. އަތޮޅު ތިން ރަށަކާއި އައްޑޫ މީދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް އުއްމީދު ކުރާ ކަމަށް، އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.
ޖަޕާން އިންޓަނޭޝަނަލް ކޯޕާރޭޝަން އެޖެންސީ (ޖައިކާ)ގެ ހިލޭ އެހީގައި، ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) އާއި ދިވެހި ސަރުކާރު ގުޅިގެން، "ބިލްޑިން ކްލައިމެޓް ރެސިލިއަންޓް ސޭފާ އައިލެންޑްސް އިން ދަ މޯލްޑިވްސް" މަޝްރޫއު ދަނީ ކުރިއަންގެންދަމުންނެވެ.
މި މަޝްރޫއު ހިންގުމަށް، 2023 ވަނަ އަހަރު، ޖައިކާއާއެކު ދިވެހި ސަރުކާރުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް މަސައްކަތް ކުރުމެވެ.