ރައީސް ހުށަހަޅުއްވާނީ މަންފާކުރާނެ ބިލުތައް، ފާސްކުރުމުގައި މަޑުޖެހުމެއް ނޯންނާނެ: އަބްދުއްރަހީމް

ސަން

21 އޮކްޓޯބަރު 2025 | އަންގާރަ | 9:49

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާނީ ރައްޔިތުންނަށް މަންފާކުރާނެ ފަދަ ބިލުތައް ކަމަށާއި އެ ބިލުތައް ފާސްކުރުމުގައި މަޑުޖެހުމެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމްގެ އުފަންރަށް ލ. ފޮނަދޫ ރައްޔިތުންނާ ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގެ މެންބަރުން ތިބީ "ފިސާރި ކެރިގެން" ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދޭން ތައްޔާރަށް ކަމަށެވެ.

އެގޮތުން، ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވާ ކޮންމެ ބިލަކީ ގައުމާއި ރައްޔިތުންނަށް ލާބައާއި މަންފާ ކުރާނެ ބިލެއްކަން ޔަގީންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންވެ، އެ ބިލެއް ފާސްކުރުމުގައި މަޑުޖެހުމެއް ނޯންނާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް