ޒަމާނީ ވަސީލަތްތަކާއެކު، ދިރިއުޅެވޭ ގޮތަށް ތަރައްގީކުރާ ސަރަހައްދުތައް އެސްއީޒެޑުގެ ގޮތުގައި ކަނޑައަަޅަނީ
ސަން
21 އޮކްޓޯބަރު 2025 | އަންގާރަ | 11:42
ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތައް ލިބޭ ގޮތަށް މީހުން ދިރިއުޅުމަށް ތަރައްގީކުރާ ސަރަހައްދުތަކަކީ، ނުވަތަ "ސަސްޓެއިނަބަލް ޓައުންޝިޕް"އަކީ ޚާއްސަ އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅަން އެސްއީޒެޑު ގާނޫނު އިސްލާހުކުރަން ހުށަހަޅައިފިއެވެ.
ސަރުކާރު ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ހުށަހަޅުއްވަމުން ވިދާޅުވީ، ބިލުގެ ބޭނުމަކީ ސިނާއީ، އިގުތިސާދީ، އިޖުތިމާއީ، އުމްރާނީ، އަދި މާލީ ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި އެ ޒޯނާ ގުޅޭ ކަންކަން ކަނޑައެޅުން ކަަމަށާއި، ބިލުގެ ސަބަބުން ރާއްޖޭގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކޮށް ބޭރު ފައިސާ އިތުރުކުރުމަށް މަގުފަހިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ޚާއްސަ އިކޮނޮމިކް ޒޯންތައް ތަރައްގީކުރުމަކީ އެކި ދާއިރާތައް ރާއްޖޭގައި ތަރައްގީވާނެ ކަމެއް ކަމަށެވެ.