ފ. އަތޮޅު މަޝްރޫއު ހުއްޓުވިގޮތަށް، މަގުމަތިން އިންވެސްޓްމަންޓްތައް ހުއްޓުވަން ދެން ފުރުސަތު ނުދޭނަން: ޝުޖާއު

ސަން

21 އޮކްޓޯބަރު 2025 | އަންގާރަ | 11:57

އިދިކޮޅު އެމްޑީޕީގެ ސަބަބުން ރާއްޖެއަށް މާލީގޮތުންނާއި އިގުތިސާދީ ގޮތުން ބޮޑެތި ގެއްލުން ލިބިއްޖެ ކަމަށާއި، އެހެންވެ އެ ގެއްލުންތައް ފޫބައްދަން އަލުން މަސައްކަތް ފަށަން ޖެހިފައިވާ ކަމަށް ވިދާޅުވެ، އިންވެސްޓަރުން އައުން މަގުމަތިން ހުއްޓުވާނެ ފުރުސަތު ދެން ނުދޭނެ ކަމަށް، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

"ސަސްޓެއިނެބަލް ޓައުންޝިޕް"އަކީ އެސްއީޒެޑުގެ ބައެއްގެ ގޮތުގައި ހިމެނުމަށް ހުށަހަޅާ އިސްލާހު ތައާރަފުކުރެއްވުމަށް ފަހު ވެރިކަންކުރާ ޕީއެންސީގެ އެއް ނައިބު ރައީސް ޝުޖާއު ވިދާޅުވީ، 2014ވަނަ އަހަރު ފަރުމާކޮށް 18ވަނަ މަޖިލީހުން ފާސްކޮށް އޭރުގެ ސަރުކާރުގައި އެސްއީޒެޑު ގާނޫނަށް އަމަލުކުރަން ފެށިއިރު ޔޫއޭއީގެ ދުބާއީގައި ޚާއްސަ އިކޮނޮމިކް ޒޯންތައް އޭރު ހިނގިގޮތް ބަލަމުން އައި ކަމަށެވެ.

://./212931

މައުޟޫޢުތަށް