ޑޮލަރުގެ އަގު 22 ރުފިޔާއަށް ބޮޑުވާނެ، މި ސަރުކާރުގެ ނިމުން ހިތިވާނެ: އަބްދުލްޣަފޫރު
ސަން
21 އޮކްޓޯބަރު 2025 | އަންގާރަ | 1:23
ސަރުކާރުން މަސައްކަތްކުރަނީ ޕެންޝަން ފަންޑުގައި ހުރި ފައިސާ މިއަދު ލޯނަކަށް ބަދަލުކޮށް ޗާޕުކުރުމަށް ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގައި ޑޮލަރުގެ އަގު މާދަން 22 ރުފިޔާއަށް ބޮޑުވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.
"ސަސްޓެއިނެބަލް ޓައުންޝިޕް"އަކީ އެސްއީޒެޑުގެ ބައެއްގެ ގޮތުގައި ހިމެނުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން އަބްދުލްޣަފޫރު ވިދާޅުވީ، މި ބިލު ފާސްކުރުމުގެ ބޭނުމަކީ ނ. އަތޮޅުގައި ހިއްކާފައި އޮތް 11 ރަށުން ދައުލަތަށް ލިބެންޖެހޭ އާމްދަނީން ވައްކަންކުރުމަށް މަގުފަހިކުރުވުން ކަމަށާއި، އެ ރަށްރަށުން ސަރުކާރަށް ލިބޭ ޓެކްސް ފައިސާއާއި ކުލިން ވައްކަންކޮށް ފަސް ޕަސެންޓުގައި މުޅި ސަރަހައްދު ދޫކޮށްލަން ކަމަށެވެ.
://./212931