ލ. ހުޅިމެންދޫގައި ހޮޓެލް ސްކޫލަކާ އެކު 5 ތަރީގެ ރިސޯޓެއް ހަދަން ސޮއިކޮށްފި
ސަން
21 އޮކްޓޯބަރު 2025 | އަންގާރަ | 1:56
ހޮޓެލް ސްކޫލަކާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ މަތީ ފަންތީގައި ޚިދުމަތް ދޭ ފަސް ތަރީގެ ރިސޯޓެއް، ލ. ހުޅިމެންދޫގައި ތަރައްގީކުރައްވަން ކަނޑައަޅައިފި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވައިފިއެވެ.
ރައީސް މިކަން އިއުލާންކުރެއްވީ ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާމެންދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިއަދު ހެނދުނު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
މިކަން އިއުލާންކުރައްވަމުން ރައީސް ވަނީ މިއީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ، އަދި ކުރަން ބޭނުންވާ ފަރާތްތަކަށް، ވަކީން ޚާއްސަކޮށް، މާމެންދޫގެ ޒުވާނުންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން އިތުރުކުރުމަށް "އޮން ދަ ޖޮބް ޓްރެއިނިން" ލިބޭނެ ތަނެއްގެ ގޮތުގައި ރައީސް ވިދާޅުވިއެވެ.