ބޮޑެތި ބަލި ތަހައްމަލުކުރާ މީހުންނަށް އަވަހަށް ޕެންޝަން ފައިސާ ލިބޭ އިސްލާހު ބޭރުކޮށްލައިފި
ސަން
21 އޮކްޓޯބަރު 2025 | އަންގާރަ | 2:18
ކެންސަރު ފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް އަވަހަށް ޕެންޝަން ފައިސާ ލިބޭ ގޮތް ހެދުމަށް ގޮވައިލައި، ޕެންޝަނާ ބެހޭ ޤާނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިސްލާހު ބަލައިނުގަނެ, ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފިއެވެ.
ޕެންޝަން ގާނޫނަށް ކުޑޫ ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބޭރުކޮށްލީ ބިލު ބަލައިގަންނަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ ތެރެއިން 52 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ބަލައިގަތުމާ އެއްކޮޅަށް ވޯޓުދެއްވީ ފަސް މެންބަރުންނެވެ.
ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި ކުޑޫގެ އިތުރުން އެވަގުތު ތަޅުމުގައި އިންނެވި އެމްޑީޕީގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.