ޖޭޑީއެސް ސްކޮލަޝިޕާ ބެހޭ މައުލޫމާތު ދޭ އިތުރު ސެޝަންތަކެއް
ސަން
21 އޮކްޓޯބަރު 2025 | އަންގާރަ | 2:59
ޖަޕާނުން ހިންގާ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް ޕްރޮގްރާމް (ޖޭޑީއެސް)ގައި ބައިވެރިވުމަށް ބޭނުންވާ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް މާދަމާއި، އިތުރު ދެ ދުވަހު ކުރިއަށްގެންދަން ނިންމައިފިއެވެ.
މި ސެޝަންތައް އޮންނާނީ، މާދަމާއާއި، ބުރާސްފަތި ދުވަހާއި، ހޮނިހިރު ދުވަހެވެ.
މާދަމާގެ ސެޝަން އޮންނާނީ މެންދުރު 13:30 އިން 14:00 އަށް އޮންލައިންކޮށެވެ. މިއީ ރިޓްސުމެއިކަން އޭޝިއާ ޕެސިފިކް ޔުނިވާސިޓީ ޕްރޮފެސަރަކު ބާއްވާ މައުލޫމާތު ސެޝަނެކެވެ. ބުރާސްފަތި ދުވަހުގެ ސެޝަން އޮންނާނީ ހަވީރު 16:00 އިން 17:00 އަށް އޮންލައިންކޮށެވެ.