މަޝްރޫއުތަކާއި ކުލި ހިމެނޭހެން އެޗްޑީސީއަށް ސަރުކާރުން 10 ބިލިއަން ރުފިޔާ ދައްކަންޖެހޭ
ސަން
21 އޮކްޓޯބަރު 2025 | އަންގާރަ | 4:46
އެކި މަޝްރޫއުތަކާއި ފުލެޓާއި ގޯތިތަކުގެ ކުލި ހިމެނޭހެން ސަރުކާރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ދައްކަން ޖެހޭކަން، އެ ކޯޕަރޭޝަނުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކުރި ރިޕޯޓަކުން ހާމަވެއްޖެއެވެ.
މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެޗްޑީސީގެ ރިޕޯޓުގައި ހުރި ބައެއް ތަފާސްހިސާބު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަނީ މި ބައްދަލުވުމުގައި ހާމަކުރައްވައިފައެވެ.
އެގޮތުން، އެޗްޑީސީން ހުށަހެޅި ރިޕޯޓުގައިވާ ގޮތުން އެ ކޯޕަރޭޝަނާ ސަރުކާރުން ހަވާލުކުރި މަޝްރޫއުތަކަށް 4.3 ބިލިއަން ރުފިޔާ ދައްކަންޖެހެއެވެ. އެ ރިޕޯޓުން ހާމަވާ ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ބިންތަކަށް 1.6 ބިލިއަން ރުފިޔާއާއި ހިޔާ ފުލެޓުތަކުގެ ކުލި ކުޑަކުރުމުން 3.9 ބިލިއަން ރުފިޔާ އެ ކޯޕަރޭޝަނަށް ލިބެންޖެހެއެވެ.