ހައްޖުވެރިންގެ ކިބައިގައި ސިއްހީގޮތުން ފުރިހަމަވާންޖެހޭ ޝަރުތުތައް އާންމުކޮށްފި

ސަން

21 އޮކްޓޯބަރު 2025 | އަންގާރަ | 5:44

ހައްޖުވެރިންގެ ކިބައިގައި ސިއްހީގޮތުން ފުރިހަމަވާންޖެހޭ ޝަރުތުތައް ސައުދީ އަރަބިއްޔާގެ ސަރުކާރުން, އިސްލާމިކް މިނިސްޓްރީއަށް އަންގައިފިއެވެ.

އިސްލާމިކް މިިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ, އަންނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާ ޙައްޖުވެރިންގެ ކިބައިގައި ސިއްހީގޮތުން ފުރިހަމަވާންޖެހޭ ޝަރުތުތަކާއި، ޙައްޖުވެރިންނަށް ސައުދީ ސަރުކާރުން ފޮނުވާފައިވާ އިރުޝާދުތައް ބުނެދީފައެވެ.

އެ މިނިސްޓްރީން ބުނީ، މިއީ ކޮންމެ އަހަރެއްގެ ޙައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން، ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޙައްޖުވެރިން ދަތުރުކުރާ ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނައުމުގެ ގޮތުން އަންގާ އެންގުމެއް ކަމަށެވެ.

މައުޟޫޢުތަށް