މަޖިލީހުން މިއަދު ރުހުންދިން ތިން މެންބަރުން މީޑިއާ ކޮމިޝަނަށް އައްޔަނުކުރައްވައިފި
ސަން
21 އޮކްޓޯބަރު 2025 | އަންގާރަ | 9:29
މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް އައްޔަނުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދިން ތިން މެންބަރުން ކޮމިޝަނަށް އައްޔަނުކުރައްވައިފިއެވެ.
އެ ކޮމިޝަނަށް އައްޔަނުކުރީ، ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު މުހައްމަދު ފަރުސަތާއި އުވާލާފައިވާ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސަފާ ޝަފީގުގެ އިތުރުން، އެ ކޮމިޝަންގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތެވެ.
އެ މެންބަރުން އައްޔަނުކުރުމާ މެދު ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިިވި 63 މެންބަރުންގެ ތެރެއިން 54 މެންބަރަކު ފަރުސަތާއި ސަފާއާއި ސަރާހަތު، އާ ކޮމިޝަނަށް އައްޔަންކުރަން ފެންނަ ކަމަށް ވޯޓުދެއްވިއިރު، ތިން ބޭފުޅުން އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ ނުވަ މެންބަރެކެވެ.