2026ގެ ބަޖެޓް: އެކަނިވެރި މައިންނަށް 3،000، ތެލަސީމިއާ ކުދިންނަށް 1،000 ރުފިޔާގެ އެލަވަންސް
ސަން
21 އޮކްޓޯބަރު 2025 | އަންގާރަ | 10:56
އެކަނިވެރި މައިންނަށްދޭ އެލަވަންސް ބޮޑުކޮށް، ތެލަސީމިއާ ކުދިންނަށް ދޭނެ އެލަވަންސެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ލ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގެން އެ މަނިކުފާނު ވިދާޅުވީ، އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ނިންމާފައިވާ ކަމަށެވެ.
ތަފާސްހިސާބުތަކާ ހަވާލާދީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެކަނިވެރި މައިންގެ އެލަވަންސް ލިބެން ޖެހޭ 5،878 މީހަކު އެބަތިއްބެވެ.