ގަން ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކޮށް، ގަސްގަނޑު ފިނޮޅުގައި ރިސޯޓެއް ތަރައްގީކުރަން ހަވާލުކޮށްފި
ސަން
22 އޮކްޓޯބަރު 2025 | ބުދަ | 12:42
ގަން ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކޮށް، ލ. ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުތަކުގައި ސޮއިކުރެއްވީ، ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައެވެ.
ފިނޮޅުގައި ރިސޯޓު ހަދަން އެއްބަސްވުމުގައި ސޮއިކުރެއްވީ، ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީގް ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދާއި ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް މަޖީދެވެ.