ހައްޖު ކޯޕަރޭޝަނުން ގެސްޓްހައުސް ހެދުމަށް ޝަހީމްގެ ނުސީދާ ޖަވާބެއް: އިންވެސްޓްކުރަން ޖެހޭ

ސަން

22 އޮކްޓޯބަރު 2025 | ބުދަ | 11:00

ހައްޖު ކޯޕަރޭޝަނުން ކ. މާފުށީގައި ހަލާލް ޓޫރިޒަމް ފެށުމުގެ މަސައްކަތްކުރާތީ، އެ ކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ސުވާލުކުރުމުން ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ކޯޕަރޭޝަނުން އިންވެސްޓްކުރުން މުހިންމު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ހައްޖު ކޯޕަރޭޝަނުން ހަލާލް ޓޫރިޒަމް ފަށާނެކަން އިއުލާނުކުރީ ނޮވެންބަރު 6، 2024 ގައެވެ.

އެކަމަކު، އެ ކަމުގެ ނަތީޖާ ރަނގަޅުނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އެ އަހަރުގެ ޑިސެންބަރު ތިންވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ. ޝަހީމް ވެސް އޭގެ ކުރިން އެ ކަމާ ގުޅޭ ގޮތުން ނުރުހުން ފާޅުކުރެއްވިއެވެ.

މައުޟޫޢުތަށް