ޝަހީމްގެ ތުހުމަތު ދޮގުކޮށް، ޒާހިރު ވިދާޅުވީ އެއްވެސް ޚުތުބާއެއް ނުފޮރުވާ ކަމަށް
ސަން
22 އޮކްޓޯބަރު 2025 | ބުދަ | 2:00
އެމްޑީޕީގެ މިދިޔަ ވެރިކަމުގައި އެއްވެސް ބޭފުޅަކު ލިޔުއްވި ޙުތުބާއެއް އިސްލާމިކް މިނިސްޓްރީން ފޮރުވާފައި ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޢަލީ ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މިދިޔަ ސަރުކާރުގައި ދެ ޚުތުބާއިން ފޮރުވި ކަމަށް ތުހުމަތުކުރައްވާފައެވެ.
އެ ތުހުމަތާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ޒާހިރު ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރުންނަށް ޖަވާބުދެއްވުމަށް ވަޑައިގެން މިހާރުގެ އިސްލާމިކް މިިނިސްޓަރު ޝަހީމް ހެއްދެވީ އިތުރުފުޅެއް ކަމަށެވެ.